ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް، ކެމްޕެއިން ކުރަން ބޭނުންވާ މަޖިލިސް މެންބަރުން، އެ ބޭފުޅުންގެ ދާއިރާއަށް ވަޑައިގެންނެވުމަށް އެދިވަޑަިއގެންފިނަމަ، އެ މެންބަރެއްގެ ދާއިރާއަށް މެންބަރު ފޮނުއްވައިދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ސިޔާސީ ހަރަކާތް ހިންގުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދިނުމަށް ގޮވާލައި، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލައަށް މެންބަރުން ބަހުސް ކުރައްވަމުން ގެންދަވާއިރު، އިންތިހާބުގެ ކެމްޕެއިނުގެ ފުރިހަމަ ބޭނުން ހިއްޕެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެއް ކަމަށެވެ.
އެގޮތުން މަޖިލިސް މެންބަރަކު ކެމްޕެއިނަށްޓަކައި އެ މެންބަރެއްގެ ދާއިރާއަށް ވަޑައިގަންނަވަން މަޖިލީހުގައި އެދިވަޑައިގެންފި ނަމަ އެ މެންބަރަކު އެ މެންބަރެއްގެ ދާއިރާއަށް ފޮނުއްވައިދެއްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މި މައުލޫއުގައި މެންބަރުން ބަހުސް ކުރައްވަމުން ގެންދަވާއިރު ކެމްޕެއިނުގައި ފުރިހަމައަށް ބޭނުން ހިއްޕެވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލީހުގެ ވާޖިބެއް، އަދި އިއްޒަތްތެރި މެންބަރަކު ކެމްޕެއިނަށް ޓަކައި އެ މެންބަރުގެ ދާއިރާއަށް ވަޑައިގަންނަވަން ވެއްޖެނަމަ އެކަމަށް މި މަޖިލީހުގައި އެދިވަޑައިގެންފި ނަމަ އަޅުގަނޑަށް ވީ މިންވަރަކުން އިރާދަ ކުރެއްވިއްޔާ އެ މެންބަރަކު އެ މެންބަރެއްގެ ދާއިރާއަށް ފޮނުވައިދޭނަށް، އެކަމުގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނޫފެދޭ، އެކަން މި މަޖިލީހުން އިރާދަ ކުރެއްވިއްޔާ ކޮށްދޭނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި، "ކެމްޕެއިން ތަގުރީރެއް ނުދެވޭކަމީ އަޅުގަނޑުވެސް ވަރަށް ހިތާމަކުރާ ކަމެއް، ވަރަށް ހިތަށް އަރާ ރަނގަޅަށް ކަންކަން މަތީގައި މައިކާއެކުގައި މިމަސައްކަތް ހިންގޭނަމައޭ،" ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް