ކޮވިޑް-19 އާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުން ފެށިގެން އިއުލާން ކޮށްފައިވާ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ގޮވާލައްވައިފިއެވެ.
މެންބަރު މުހައްމަދު ރަޝީދު މިކަމަށް ގޮވާލެއްވީ، ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަަޅުތަކުން ހޮޓާ، ރެސްޓޯރެންޓް، ކެފޭ، ފަދަ ކާބޯތަކެތި ވިއްކާ ތަންތަނަށް ލިބޭ ގެއްލުން ކުޑަކޮށް އެ ފަރާތްތަކަށް، އެކަށީގެންވާ ބަދަލަކާއެކު ލުއި ދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ، އަހަރަކަށްވުރެ ގިނަދުވަސްވަމުން ދާތީ ކުއްލި ހާލަތުގެ އިއުލާން މިހާރުން މިހާރަށް ނިންމާލަން ގޮވާލައްވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އަހަރަކަށްވުރެ ދިގު ދެމިފައިވާއިރު، އެތައް ކުދި ވިޔަފާރިތަކެއް، ހޮޓާ ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަން ބަނގުރޫޓު ވެފައިވާ ކަމަށާއި، އެފަދަ ތަންތަން ނުއަގުގައި ވިއްކާލަމުންދާ ކަމަށެވެ.
"އެތަންތަން ނުއަގުގައި ވިއްކާލައި އެތައްބަޔަކު އަނބި ދަރިން ދޫކޮށް ގޮސްފި،" މެންބަރު ވިދާޅުވިއެވެ.
މެންބަރު މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ގައުމު ތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު ނެރުމަށްފަހު ކުރާ ކަމަކީ، ގައުމުގެ ސިއްހީ ހާލަތު އޭރު އޮތް ހާލަތަށް ވުރެ ރަނގަޅު ކުރުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ހާލަތު ކުރި ނާރައި އޮތީ ކުރިންވެސް އޮތް ހާލަތުގައި ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކުއްލި ހާލަތު ނެރުމަަށްފަހު ގައުމު ބަންދުކޮށްގެން އުޅޭނީ ސިއްހީ ހާލަތު އެއަށްވުރެ ހަރުދަނާ ކުރުމަށް، އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ އަހަރެއް ވެގެން ދިޔައިރުވެސް ސިއްހީ ނިޒާމު ހަމަ އޮތީ އެއް ހިސާބެއްގައި، ކުރިއަށް ނާރައި،" މެންބަރު ވިދާޅުވިއެވެ.
ކޮވިޑް 19 ގެ މި ހާލަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޓެގް ޓީމަށް މެންބަރު ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއްވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު