ޕާކިސްތާނުގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެގައުމުގެ ހެލްތު މިނިސްޓަރު ފައިސަލް ސުލްތާން ވަނީ ޓުވިޓާ މެދުވެރިކޮށް އިއުލާން ކުރައްވައިފަ އެވެ.
ބޮޑުވަޒީރު އިމްރާން މިހާރު ހުންނެވީ ގޭގައި އެކަހެރިވެ ވެވަޑައިގެން ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
އުމުރުފުޅުން 67 އަހަރުގެ އިމްރާން ވަނީ މިމަހުގެ 18 ވަނަ ދުވަހު ކޮވިޑު ވެކްސިން ޖައްސަވައިފައެވެ. އަދި ގައުމު ހަމައަކަށް އެޅުމަށް ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
ޕާކިސްތާނުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއެކު އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ޕާކިސްތާނުގައި ކޮވިޑު ޖެހިފައިވާ މީހުންގެ އަދަދު 623،000 އިން މައްޗަށް އަރާފައިވާއިރު އެބަލީގައި އެގައުމުން މިހާތަނަށް 13،799 މީހުން ވަނީ މަރުވެފަ އެވެ.