ރާއްޖޭގެ މިނިވަންކަން ގެއްލޭނެ އެއްވެސް މާދާއެއް އޮތް އެއްބަސްވުމެއްގައި ސޮއިކުރަން ދިވެހި ސިފައިން އެއްބަހެއް ނުވާނެ ކަމަށް ނެޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއު ކުރުމަށް ދިވެހި އަސްކަރިއްޔާއިން ވިފަދަ ގުރުބާނީއެއްވި އިތުރު ބަޔަކު ނުތިބޭނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން މިތަނުގައި ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްތިތުންނަށް އަޅުގަނޑުމެން އަރުވަން،" ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.
ރައްޔިތުންގެ އިތުބާރު ގައުމީ ދިފާއީ ބާރަށް ދިނުމަށް އެދެމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ފަދަ މާއްދާތަކެއް އަސްކަރީ އެއްބަސްވުމަކަށް ގެނަސްގެން ސޮއިކުރާކަށް ދުލެއް ނުދޭނެ ކަމަށެވެ. އަދި ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖެ އައިސް، ގޮސް ހެދުމަށާއި އެމީހުން ބޭނުންވާ ހަތިޔާރެއް ހިފައިގެން ރާއްޖޭގައި އުޅެން އެއްބަސް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް