އެމްއެންޑީއެފްގެ ޖެނެރަލުންނާއި ލީޑަޝިޕުގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުގެ ލީޑާޝިޕުން މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ، އެމްއެންޑީއެފުގެ ޖެނަރަލުންނާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދެކެވެމުންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޖެނަރަލުންގެ ފުރިހަމަ އިތުބާރު މި މުއައްސަސާގެ ލީޑާޝިފަށާއި ސަރުކާރަށް ވެސް އެބައޮތް. ކޮމާންޑާ އިން ޗީފުން ފެށިގެން ދިފާއީ ވަޒީރުން ފެށިގެން އަޅުގަނޑުގެ ލެވަލް އިން ފެށިގެން އައިސް ވައިސް ޗީފް އޮފް ޑިފެންސްގެ ލެވަލް އިިން ފެށިގެން ގޮސް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ފުލް ކޮންފިޑެންސް އެބަ އޮތް. އެފަދަ ކަމެއް މިއިން އެއްވެސް ބޭފުޅަކު ނުކުރައްވާނެކަމުގެ ޔަގީންކަން އަރުވަން،" ޝަމާލް ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އިންޑިއާއާ ދެމެދު އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުން އަންނަ ލިޔުންތަކަކީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޑިފެންސުން ބުނީ މިފަދަ މައްސަލަތަކަކީ ގައުމީ ސަލާމަތާއި ދައުލަތުގެ މަސްލަހަތާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތައް ކަމަށާއި އެހެންކަމުން މިފަދަ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، ދިވެހިންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ދޮގު ހަބަރުތައް ނުފަތުރަން ވެސް ޑިފެންސް އިން އިލްތިމާސްކުރެ އެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް