ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 00:44 ގައި ލިބުމާއެކު، ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި އެ މީހާ ފެނިފައިވަނީ ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ހާބަ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު، އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އެ ބިދޭސީ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ސާފެއް ނޫނެވެ.
އަލީ ޔާމިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް