ކޮވިޑް 19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގެއްލުން ވަމުންދާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ކެފޭ ރެސްޓޯރެންޓް އަދި ކުދި އެހެނިހެން ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، އިދިކޮޅު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސަތުގައި އިންނަވައި އެ ކުއްލި މައްސަލައަށް ބަހުސްކޮށްދެއްވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުން މަޖިލިސް ރައީސް ވިދާޅުވީ ސައީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ވަނީ ލޮކްޑައުން، ނުވަތަ ގައިދުރު ކުރުމާއި ވަކީން އުޅުމާއި "މި ބާވަތުގެ ކަންތައްތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ގެއްލުން ވަމުންދާތީ އެކަން އެބޭފުޅާ ފާހަގަކޮށް ހުށަހަޅުއްވާފައި،" ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރެސްޓޯރެންޓް، ކެފޭ، އަދި ސައިހޮޓާ ތަކާއި ޓެކްސީ ލައިންތަކާއި ޕިކަޕް ދުއްވާ ފަރާތްތައް ފަދަ ގިނަ ކުދިކުދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވަށް ބޮޑު ގެއްލުން ލިބޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތައް އެ ގެއްލުމުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލިހުން ވިސްނުމެއް ހޯދައިދިނުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިވެރިން ރާއްޖޭގެ ވަރަށްގިނަ ރެސްޓޯރެންޓް، ކެފޭ، އަދި ސައިހޯޓާ ތަކާއި ޓެކްސީ ލައިންތަކާއި ޕިކަޕް ދުއްވާ ފަރާތްތަކާއި މި ގިނަ ކުދި ކުދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވަށްބޮޑު ގެއްލުން އެބަ ލިބޭ، އެ ގެއްލުމުން އަރައިގަތުމަށް މި މަޖިލީހުން ވިސްނުމެއް ހޯދައިދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި ބޭނުންތެރިކަމެއް، އަޅުގަނޑު އެދެނީ މި ކުއްލި މައްސަލައިގެ ބަހުސް މިދެންނެވި މިސްރާބަށް ގެންދިއުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް