ޚަބަރު

ފުވައްމުލަކުން ޑިންގީއެއްގައި މަހަށް ނުކުތް ބަޔަކު ގެއްލިގެން ހޯދަނީ

ރިފާ ހަލީލު

ފުވައްމުލަކުން ޑިންގީއެއްގައި މަހަށް ނުކުތް ބަޔަކު ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކުން ރޭ ފަތިހު 4:30 ހާއިރު ޑިންގީއެއްގައި މަހަށް ނުކުތް ބަޔަކު ހަބަރެއް ނުވެގެން އެ ޑިންގީން މަހަށް ދިޔަ މީހެއްގެ އާއިލާގެ ފަރާތުން މިއަދު 10:30 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޑިންގީގައި ދިޔައީ ކިތައް މީހުން ކަމެއް އަދި ސާފު ނުވާ ކަމަށާއި އަދި މަހަށް ނިކުތީ ކޮން ދިމާލަކަށް ކަމެއްވެސް ސާފު ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޯސްޓްގާާޑުންނާއި ހެލިކޮޕްޓަރު އަދި ސީ އެމްބިއުލާންސް މެދުވެރިކޮށް ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

މި ޑިންގީ އަކީ ހުދު ދަވާދު ލާފައި ވާ ރަތް ކުލައިގެ ފަށެއް ދަމާފައިވާ ޑިންގީ އެކެވެ.