އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާތަކާއި އެއްވުންތަކަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ކުރީން ވަނީ ބުނެފައެވެ. މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
އިދިކޮޅުން މުޒާހަރާ ކުރިއަށް ގެންދާ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ
ކޮވިޑާއި ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އެއްވުންތަކާއި ހަފްލާތަކާއި ޖަލްސާތަކާއި މުޒާހަރާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ބުނީ، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތުން އެއްވުންތައް ކުރިއަށް ގެންދާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު