ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިރޭ ގއ. ވިލިނގިލި ފަޅުން ނުކުންނަ ދިޔަ ދޯންޏަކާއި އެރަށު ފަޅަށް ވަންނަން އައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ. މި ހާދިސާގައި ލޯންޗުގެ ދެ ފަޅުވެރިއަކަށާއި ދޯނީގެ ދެ ފަޅުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ އެކްސިޑެންޓު ވެގެން ގެނައި ހަތަރު މީހުންގެ ތެރެއިން ލޯންޗުގައި ތިބި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާގެ ބޮލަށާއި ލޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި ދޯނީގައި ހުރި އެކަކު ކަނޑަށް ފުންމާލުމާއި ގުޅިގެން އޭނާގެ އަތް ބިނދި، އިތުރު ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އެ ތިން މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު