ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ސެކިއުރިޓީ ގާޑަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ އާރްސީސީ ކޮމްޕެނީން ހަދަމުންދިޔަ އިމާރާތެއްގެ ސެކިއުރިޓީ ބަލަހައްޓަން އިން ބަންގްލަދޭޝް ރައްޔިތެކެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވަން އަށް ދާދި ދެންމެ ވިދާޅުވީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މަރުވެފައި އޮތް މީހާ ފެނުނު ސަރަހައްދުގައި ހުރި ވަންގެ ނޫސްވެރިޔާ ބުނީ މަރުވި މީހާގެ ހަށިގަނޑު މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުުން ބުނީ ހުޅުމާލޭ ކޮންސްޓްރަކްޝަން ސަައިޓެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:31 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެެވެ.
މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށާއި މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މަރުގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު