އުފަންދުވަހުގެ ޕާޓީއެއް ހުއްޓުވައި، ގްރޭންޑް ވިއު ރެސްޓޯރަންޓް ޖޫރިމަނާކޮށްފިއެވެ.
މިރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއެއް ހުއްޓުވާފައިވާ އިރު، ފުލުހުން ވަނީ މިއަދު ހަވީރު ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ވެސް ހުއްޓުވައިފައެވެ.
ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ގްރޭންޑް ވިއު ރެސްޓޯރަންޓުގައި މިރޭ ބޭއްވި އުފަންދުވަހުގެ ޕާޓީއެއް ހުއްޓުވައި، އެ ރެސްޓޯރަންޓް 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިއަދު ހަވީރު ސޯލްޓް ކެފޭ ޖޫރިމަނާކުރި ނަމަވެސް، ކައިވެނި ޕާޓީ ހުއްޓާލާފައިނުވާތީ ފުލުހުން ވަނީ އަލުން އެ ކެފޭއަށް ގޮސް އެޕާޓީގައި ތިބި އެންމެން އެތަނުން ނެރެފައެވެ. ސޯލްޓް ކެފޭ ވެސް ޖޫރިމަނާކޮށްފައިވަނީ 5000 ރުފިޔާއިންނެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު