ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާއިން 37 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ލަކްސް އަރި އެޓޯލް ރިސޯޓުން ކޮވިޑުގެ ކޭސްތަކެއް ފެނިފައިވާ ކަމަށާއި އެގޮތުން މިހާތަނަށް އެ ރިސޯޓުން 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ފުރަތަމަ 19 ފެބްރުއަރީގައި ނުވަ މީހުން. 20 ފެބްރުއަރީގަައި ހަތަރު މީހުން ފެނިފައިވޭ. އަދި ކޮންޓެކްޓުންގެ ތެރެއިންނާއި އަލާމާތްތައް ހުރި މީހުންގެ ތެރެއިން ނެގި ސާމްޕަލްތަކުން 24 ސާމްޕަލް މިވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ އިތުރުން ކޮކޫން މޯލްޑިވްސް ރިސޯޓުންވެސް އިއްޔެ ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 45 އަށް އަރައިފައެވެ.
ފަހަކަށް އައިސް ރިސޯޓުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީން މީގެ ކުރިން ބުނީ ރިސޯޓުތަކުގެ ކޮންމެ އައުޓްބްރޭކެއްވެސް ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު