ހުޅުމާލޭގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި މޫދަށް އެރި އުޅުނު ފިރިހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 8:00 ޖަހައި އެހާކަންހައިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ކިހާ އުމުރެއްގެ މީހެއް ކަމެއް ނޭނގެ އެވެ.

ފުލުހުން ދަނީ އެ މައްސަަލަ މިހާރު ތަހުގީގު ކުރަމުންނެވެ.