މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފިއެވެ.
އެ ދުވަހު މުޒާހަރާގެ ތެރެއިން ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އަމުރު ކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށެވެ.
ބަންދުގައި ތިން ދުވަސް ހަމަވުމަށްފަހު މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލީ މިރޭގެ ވަގުތެއްގައެވެ.
ބަންދުން ދޫކޮށްލުމާއެކު ޕީޕީއެމް އޮފީސް ކުރިމަތީގައި މިރޭ ބޭއްވި މުޒާހަރާގައި މީޑިއާއަށް މައުލޫމާތުދެއްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އޭނާ ހައްޔަރުކުރިި ސަބަބެއް ކަމުގައި ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފުވުމުގެ އިތުރުން ފުލުހުންނަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
އިދިކޮޅުން މި ފަހަކަށް އައިސް ސިލްސިލާ ގޮތެއްގައި މާލޭގައި ދަނީ މުޒާހަރާކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު