ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އިންޑިއާ ޖެހިލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އިންޑިއާއިން 32،970 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތައެވެ.
ލިސްޓުގެ ދެވަނައަށް ވެއްޓުނު ރަޝިއާއިން މިއަހަރު ރާއްޖެއަށް އައީ 32،019 ފަތުރުވެރިންނެވެ.
- އިންޑިއާ: 32،970
- ރަޝިއާ: 32،019
- ޔޫކްރެއިން: 10،178
- ކަޒަކިސްތާން: 6،788
- ރޮމޭނިއާ: 6،154
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް މިއަހަރު ރާއްޖެއަށް 150،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިމަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،273 ފަތުރުވެރިން ރާއްޖެ އާދެއެވެ.
ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު