އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު، ބޭއްވުމުގެ ކުރިން ކައުންސިލްގެ ބައެއް ގޮނޑިތަކަށް އިންތިހާބުވެފައިވާ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ، ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާއި، ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލުކުރުމާ ގުޅިގެން އިންތިހާބާ ނުލައި މިހާތަނަށް 30 މެންބަރުން ކައުންސިލުތަކަށް އިންތިހާބުވެފައިވާ ކަމަށެވެ.
އެ މެންބަރުންގެ ނަންތައްވެސް ޝަރީފް އެދުވަހު ވަނީ އިއުލާން ކުރައްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމްޑީޕީގެ ކެންޑިޑޭޓުންނާއި އަމިއްލަ ބައެއް ކެންޑިޑޭޓުންނެވެ.
އެކަމާ ގުޅިގެން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މިހާތަނަށް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ގޮނޑިތަކުން، ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ފަރިތަކަން އަދި، ސިޔާސީ ވާދަވެރިން ލާމަރުކަޒީ ނިޒާމާ އޮތް ބީރައްޓެހިކަން ސާބިތުވާ ކަަމަށެވެ.
އަނަސްގެ އެ ވާހަކައަށް ރައްދު ދެއްވައި އަލްހާން ވިދާޅުވެފައި ވަނީ، އިންތިހާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ ކަމަށެވެ.
ވޯޓުލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިހާބުވުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު