މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ޑްރަކް ނެޓްވޯކެގައި އިސްކޮށް ހުރި ކަމަށް ބުނާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު، (24އ) ކުރިމިނަލް ކޯޓުން އަނެއްކާ ވެސް ދޫކޮށްލައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާގެ ބަންދު ރިވިއު ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ އޭނާ ބަންދުން ދޫކޮށްލަން ނިންމައިފަ އެވެ.
ޖިނާއި އިޖުރާއަތުގެ ގާނޫނުގައި މިހާރު ބުނާގޮތުން ތަހުގީގަށް ބަންދު ކޮށްފައި ބަހައްޓާ މީހާގެ ބަންދުގެ މުއްދަތު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަންޖެހެއެވެ. އެކަމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅަނީ ޕީޖީ އޮފީހުންނެވެ.
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އަރުޝަދަށް ދައުލަތުން އުފުލާފައިވަނީ މަޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.
އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކްކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދި އެވެ.
އެ އޮޕަރޭޝަނުގައި އަރުޝަދުގެ އިތުރުން، ދެން އަތުލި، ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހްމަދު ސުނައިނު 23، އާއި ގދ. ހޯނޑެއްދޫ/ މެޑްރިޓްހައުސް، އަހްމަދު ގިޔާސާ، 25 އާއި ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު، 50 އާއި ލ. ކަލައިދޫ/ މަތަރަސްމާގެ، ހުސައިން ޒަހީން، 25 އާއި ކ. މާލެ/ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް، 25 އާއި ކ. މާލެ/ މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް، 37 އަދި ޅ. ނައިފަރު/ މިސްކިތްދޮށުގެ، އަހްމަދު އިމްސާހު، 32 ގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު