ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީކުރުމަށް 14 ބިމެއް ބީލަމަށް ލުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް އެރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާނެވެ. އަދި ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އާދަމް ޣުފްރާނެވެ.
ކެލާ އިން ދޫކުރަން ނިންމާފައިވަނީ ޓޫރިސްޓު ގެސްޓްހައުސް ތަރައްގީކުރުމަށް 5000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓު ހޮޓާ ތަރައްގީކުރުމަށް 10،000 އަކަފޫޓުގެ ދެ ބިމެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ކެލާ ކައުންސިލާއެކު ސޮއިކުރި އެއްބަސްވުމަކީ އެރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބިންތައް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް އިއުލާންކޮށްގެން، ކަނޑައެޅިފައިވަ އުސޫލެއްގެ މަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުމަށް ނިންމައި ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިހާރު ވެސް އަންނަނީ އައްޑޫ ސިޓީ ކައުންސިލް، ގދ. ވާދޫ ކައުންސިލް، ހއ. ހޯރަފުށީ ކައުންސިލާ ގުޅިގެން ފަތުރުވެރިކަމަށް ބިންދޫކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު