ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 58 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 3:46 ގައި އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ.
އެމީހާއަކީ ރޭ ދަންވަރު 3:17 ގައި އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދެވުނު މީހެއް ކަމަށާއި އޭނާއަކީ ރާއްޖެއިން ބަލީގައި މަރުވި 58 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ބަލީގައި ރޭ ވެސް ވަނީ ދިވެއްސަކު މަރުވެފައެވެ. އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުމުގެ މަގުމަތީގައި ރޭ 8:12 ގައި މަރުވި އެމީހާއަކީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.
މިމަހު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ ހަޔަކަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 51 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު