ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 57 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 8:12 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށާއި އޭނާ ކޮވިޑަށް ޓެސްޓުކުރުމުން ޕޮޒިޓީވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެއީ ރާއްޖެއިން ބަލީގައި މަރުވި 57 ވަނަ މީހާއެވެ.
މިމަހު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ ފަހަކަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.
އިއްޔެގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 50 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު