މާލޭގެ ގެއެއްގައި ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގެ ތެރޭގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިރޭ 10:43 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.