ގިނަ ފަހަރަށް ކޮވިޑު ޖެހިގެން މީހެއްގެ ހާލު ބޮޑުވަނީ އެނދުމަތިވެ، އޮންނަން ޖެހުމުން ފިކުރު ބޮޑުވެގެން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ މި ބަލީގެ ގޮތުން ބަލި މީހާ ހުންނަން ޖެހިފައިވަނީ އެކަހެރިކޮށް ކަމަށާއި އެކަމުގެ ސަބަބުން ބަލި މީހާ ވަރަށް ވެސް ހިއްދަތިވާ ކަމަށެވެ. އެހެންކަމުން ބަލި މީހާގެ ފިކުރުބޮޑުވެ، ބަލި ހާލަތު އިތުރަށް ގޯސްވެގެންދާ ކަމަށް ވިދާޅުވިއެވެ.
"ގިނަ ފަހަރަށް ބަލި މީހާ ނޭވާލާން އުނދަގޫވާ އެއް ސަބަބަކަށް މި އޮންނަނީ ފިކުރު ބޮޑުވެ، ނުވަތަ އެންޒައިޓީއާ ހެދި. މިކަހަލަ ހާލަތަކަށް ގޮސްގެން ގިނަ ފަހަރަށް ބަލި މީހާ ނޭވާލާން އުނދަގޫވެގެން ހާލަތު ބޮޑުތަނުން ގޯސްވެގެން ދަނީ ވެސް،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބައްޔަކީ އާދައިގެ ބައްޔެއް ނޫން ކަމަށާއި މި ބަލީގައި އެންމެން ޒުވާން އުމުރު ފުރައިން ފެށިގެން އުމުރުން ދުވަސްވީ މީހާއަށް ވެސް އެންމެ ބޮޑުވަރު ވެގެންދާ ކަމަށެވެ. ބައެއް މީހުންނަށް އަލާމާތްތައް ކުޑަކޮށް ފެނުނު ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ ބަލި ޖެހުނަސް "އޯކޭ" ކަމަށް ދެކިގެން އުޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި މުޖުތަމައުގެ އެހެން މީހުންނާ ދޭތެރޭގައި ވެސް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ތިމާއަކީ ވެސް ބަލީގެ ނުރައްކާތެރި ހާލަތަށް ހިނގައިދާނެ މީހެއްކަން ވިސްނައިގެން ފިޔަވަޅުތައް އަޅައިގެން އުޅުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު