ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ސަރުކާރުގެ ފަރާތުން 33 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކޮށްފައިވާ ބިލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއި ނަފުސާނީ ސިއްހަތުގެ ބިލު ހިމެނެއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު ވެސް ހިމެނެއެވެ.

  • ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލު
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު
  • މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކާބޯތަަކެތީގެ ރައްކާތެރިކަމުގެ ބިލު
  • ވިހެއުމާއި މަރުވުން ރަޖިސްޓްރީ ކުރުމުގެ ބިލު
  • ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ގިންތި ކުރުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާބެހޭ ބިލު
  • ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންތިގާލީ އިންސާފުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • ފޮރިން އިންވެސްޓްމަންޓްގެ ބިލު
  • ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު
  • ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލު
  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ބިލު
  • ނަފްސާނީ ސިއްހަތުގެ ބިލު
  • ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު

މަޖިލީހުގެ މި ދައުރުގެ ރިޔާސީ ބަޔާން އިއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ރަސްމީ ޖަލްސާތައް ވަނީ ފަށައިފައެވެ.