ރާއްޖެ އަންނަ ފަތުރުވެރިންނަށް 3 މަހަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ތިބެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް އެންމެފަހުން މަޖިލީހުން ގެނައި އިސްލާހުގެ ތެރެއިން، ތިން މަހަށްވުރެން ދިގު މުއްދަތަކަށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ވިސާ ލިބޭނެގޮތް ހިމަނާނެކަމަށް އުއްމނީދު ކުރެއްވި ނަމަވެސް ގާނޫނުގައި އެގޮތަށް ހިމަނާފައި ނުވާ ކަމަށެވެ.
އެހެންކަމުން ތިން މަހަށްވުރެ އިތުރަށް ޓޫރިސްޓްވިސާ ނުދެވޭ ކަމަށާއި، ނަމަވެސް އެފަދަ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ ވިސާއެއް ދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށެވެ. އެހެންކަމުން ތިން މަހަށްވުރެ ދިގު މުއްދަތަކަށް ޓޫރިސްޓްވިސާ ދެވޭގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވެކްސިން ޓޫރިޒަމް ތައާރަފް ކުރުމަށްވެސް ފަތުރު ވެރިންނަށް ދިގު މުއްދަތުގެ ވިސާ ދޭނެގޮތެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި އެ ބަދަލުތައް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް