ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އެ އިދާރާގެ ގޯތި ތެރޭގައި މިއަދު ވެކްސިން ޖަހަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ތެރޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން ގެންދަނީ، ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އާއި އޭޑީކޭއާ ގުޅިގެން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަދުވެގެން ދުވާލަކު 6000 މީހުންނަށް ވެކްސިން ދިނުމަކީ ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޓާގެޓެއް ކަމަށެވެ.

އެހެންކަމުން މަޖިލިހުގައި ޖާގަ އޮތުމުން ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީވުމުގެ، އެޕްރޮގްރާމް މަޖިލީހުގައި ކުރިއަށް ގެންދަން ނިންމީ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގައި އަދި ވެކްސިން ދެމުން އަންނަނީ އެޗްޕީއޭގެ ލިސްޓަކަށް ކަމަށްވިސް ވަރަށް އަވަހަށް މަޖިލިސް މެންބަރުންނަށް ވެކްސިން ދޭން ފަށާނެ ކަމަށެވެެ.