ގދ. ތިނަދޫ އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.

އެޗްއީއޯސީ އިން ބުނީ ތިނަދޫ އަނެއްކާވެސް މޮނިތަރިން އަށް ލާފައިވަނީ އައްޑު ސިޓީން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓްވި މީހަކު ތިނަދޫގައި ހުއްޓާ ޕޮޒިޓިވް ވުމުން ކަމަށެވެ.

މިމަހުގެ ތިން ވަނަ ދުވަހުވެސް ތިނަދޫން މާލެ އައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ތިނަދޫ މޮނިޓަރިންއަށް ގެނެސް އެ ރަށަށް އަރައި ފޭބުން މަނާކުރި އެވެ. ނަމަވެސް އެ މީހުންނާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގެޓިވް ވުމުން އެރަށް މޮނިޓަރިން ހާލަތުން ނަގައި އާންމު ހާލަތަށް ގެނައީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ތިނަދުއަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އާންމުންގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެ އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށްވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.