ކޮވިޑް19 ޖެހިގެން ފަރިވާދެމުންދިޔަ ދިވެއްސަކު ދުބާއީގައި މަރުވެއްޖެ އެވެ.
އެއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެއީއެޗްޑީސީ) ގެ މުވައްޒިފެކެވެ.
އެކަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އެކަމާބެހޭ ތަފުސީލު ދެއްވަމުން އެޗްޓީޑީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޮވިޑް ޖެހިގެން ދުބާއީގައި މަރުވެފައި ވަނީ އެތަނުގެ ސީނިއާ ޓެކްނިކަލް އޮފިސަރު ކަމުގެ މަގާމު އަދާކުރަމުންދިޔަ އަބުދުﷲ އިޔާދު އަހުމަދު ކަމަށެވެ.
އޭނާއަކީ 38 އަހަރުގެ މީހެއް ކަމަށާއި އޭނާ އެޗްޑީސީއަށް ހިދުމަތްކުރަން ފެށީ 19 މާޗް 2017 ގައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފުސީލެއް މިވަގުތު ދެއްވެން ނެތް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދުބާއީއަށް ދިޔައީ ޗުއްޓީ ދަތުރެއްގައެވެ.
ދުބާއީގައި މިހާތަނަށް 320،000 އަށްގިނަ މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އަދި 902 މީހުން އެބަލީގައި އެގައުމުގައި މިހާތަނަށް މަރުވެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު