ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ސިޓީ ހިތަދޫން ދެ މީހަކު މިއަދު ޕޮޒިޓިވްވެފައިވާތީ އައްޑޫ ސިޓީގެ ހުރިހާ ރަށެއް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ވަން" އަށް ވިދާޅުވީ، ހިތަދޫން ޕޮޒިޓިވްވި ދެ މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތް ހުރެގެން ހިތަދޫ ފްލޫ ކްލިނިކަށް ދެއްކުމުން ކަމަށެވެ.
އޭގެ ތެރެއިން އެކަކަކީ ހިތަދޫގައި ދިރިއުޅޭ މީހެއް ކަމަށާއި އަނެއް މީހާ ވެސް ދިރިއުޅެނީ އައްޑޫގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދެ މީހުން ވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައި ކަމަށެވެ.
އައްޑޫ ސިޓީ ހުޅުމީދޫން ވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، މީގެ ކުރިން މޮނީޓަރިންއަށް ގެނެސްފައެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު