ބ. ކެންދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް "ވަން" އަށް ވިދާޅުވީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ހޯމް ކަރަންޓީނާ ހިލާފުވެފައިވާ ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެރަށް މިރޭގެ ވަގުތެއްގައި މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.
ސަލީމް ވިދާޅުވީ ޕޮޒިޓިވްވި މީހާ ކަރަންޓީނުގައި ހުރި ދުވަސްވަރު އިތުރު ދެ މީހަކާ ބައްދަލުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
ސަލީމް ވިދާޅުވީ އެ ކޭސްއާ ގުޅިގެން ރަށުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި އެގޮތުން މާސްކުއެޅުން މަޖުބޫރުކޮށް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.
ކެންދޫގެ އިތުރުން މިއަދު ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫން ހަތަރު މީހަކު ޕޮޒިޓިވްވެ، އެރަށްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު