ފަރުކޮޅުފުށީގައި ހުރި ކޮވިޑް ފެސިލިޓީގެ ހިދުމަތް މާދަމާ އަލުން ފަށަން ނިންމައިފި އެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ނިންމައިފައެވެ.
އެ ނިންމުންތަކުގެ ތެރޭގައި ފަރުކޮޅުފުށީގައި ހުރި ކޮވިޑް ފެސިލިޓީގެ ހިދުމަތް މާދަމާ އަލުން ފެށުމަށް ވަނީ ނިންމައިފައެވެ. ކަރަންޓީނުކުރުމަށް ބޭނުންކުރަމުންދިޔަ ފަރުކޮޅުފުށި ކޮވިޑް ފެސިލިޓީގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކޮވިޑުގެ އަދަދުތައް ދަށްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ކަރަންޓީނުކުރުމަށް ބޭނުންކުރަމުންދިޔައީ ގެސްޓްހައުސްތަކެވެ.
މިއަދު އެންގި އިތުރު އެންގުންތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުމާއި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން ވެސް ހިމެނެއެވެ. އެ އެންގުންތަކަށް އަމަލުކުރަން ޖެހޭނީ މާދަމާ އިން ފެށިގެން 14 ދުވަހުގެ މުއްދަތަށެވެ.
ރާއްޖޭގައި ކޮވިޑުގެ އަދަދުތައް މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް އުޅެނީ 100 އިން މަތީގައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ޕޮޒިޓިވްވެފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19