ޔުނިވަސިޓީ އަދި ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި އެވެ.
މިދިޔަ އަހަރު ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އޮންލައިންކޮށް ކިޔަވައިދެމުން ދިއުމަށްފަހު، މިދިޔަ މަހުން ފެށިގެން ބައެއް ތަންތަނުން ވަނީ ހާޒިރުވެގެން ކިޔަވައިދޭން ފަށައިފައެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުން ހުއްޓައިލުމަށް ވަނީ ނިންމައިފައެވެ. އެ އެންގުމަށް އަމަލުކުރަން ޖެހޭނީ މާދަމާ އިން ފެށިގެން 14 ދުވަހުގެ މުއްދަތަށެވެ.
އޭގެ އިތުރުން ޕްރީސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމާއި ޑޭކެއާގެ ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް ދިނުން ވެސް ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. އެ އެންގުންތަކަށް އަމަލުކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެނެވެ.
ރާއްޖޭގައި ކޮވިޑުގެ އަދަދުތައް މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް އުޅެނީ 100 އިން މަތީގައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ޕޮޒިޓިވްވެފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19