ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހޭދަވާ ވަގުތު އަންދާޒާކުރުމަށް މިއަދު ވޯޓުލުމެއް ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެއީ ޑަމީ ވޯޓުލުމެއް ކަމަށާއި އެ ވޯޓުލުން ކުރިއަށްގެންދަނީ ސިޔާސީ ޕާޓީތަކާ ގުޅިގެން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ޓްރެއިނިން ހޯލުގައި ކުރިއަށްގެންދާ މި ވޯޓުލުމުގައި، ވޯޓުލާފައިވަނީ ސިޔާސީ ޕާޓީތަކުން ފޮނުވި މީހުން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވޯޓުލުން ބާއްވަން ހޭދަވާނެ ވަގުތު އެނގޭނީ މިއަދު ކުރިއަށްގެންދާ ވޯޓުން ނިންމައި އެކަމުގެ ރިޕޯޓު ލިބުމުން ކަމަށެވެ. މި ވޯޓުލުން ކުރިއަށްގެންދާނީ މިއަދު އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އެތައް ފަހަރެއްގެ މަތިން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. ނަމަވެސް އެ އިންތިހާބު ބާއްވަން ވާނީ އެޗްޕީއޭއިން ނެރޭ ގައިޑްލައިނާ އެއްގޮތަށް ކަމަށް، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު