"އިންސާފު ކޮބާ؟"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މާލެގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ މިއަދުގެ އިހުތިޖާޖުގެ ތެރެއިން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެމްބަރުންނާއި ސްޓިއަރިން ކޮމެޓީގެ މެމްބަރުން ވެސް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން މުޒާހަރާގެ ތެރެއިން އެކަކަށް ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން ހޭނެތިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ޕީޕީއެމް އޮފީސް ކުރިމަތިން މިއަދު ފެށި މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން މުޒާހަރާ ރޫޅާލުމަށް ޕޭޕާ ސްޕްރޭ ޖަހާފައިވެ އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައި "އިންސާފު ކޮބާ؟"ގެ ނަމުގައި މިއަދުގެ މުޒާހަރާ ކުރިއަށް ގެންދިޔައިރު، އިދިކޮޅުން މިއަދު މުޒާހަރާއަށް ނުކުމެފައި މިވަނީ ކޮވިޑް ކޭސްތައް އިތުރުވެ، ޕާޓީތަކާއި އެއްވުންތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައިވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު