ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާ ޑީޕޯޓް ކޮށްލަން ނިންމައިފި އެވެ.

ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާގެ މައްސަލަ ނުބަލައި އޭނާ ޑީޕޯޓް ކޮށްލަން ނިންމައިފި އެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ނުބައި ވަހެއް ދުވާ ކަމަށް ބުނެ، އިންޑިއާ މީހަކު އުމުރުން ދުވަސްވީ މީހާ މިސްކިތުން ނެރެން މަސައްކަތްކޮށް މާރާމާރީ ހިންގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ، އެ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެމީހާ ޑީޕޯޓް ކޮށްލުމަށް ޕީޖީން ނިންމުމާއި ގުޅިގެން އެމީހާ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާ މީހާއަކީ މަސްތުވެގެން ހުރެ މިސްކިތަށް އެރި މީހެކެވެ.