ޕާޓީއަކަށް ދިޔަ މާލެ ސަރަހައްދުގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ޖަޒީރާ ސައްލާ" ޕްރޮގްރާމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސްކޫލު މާހައުލުގައި ބަލި ފެތުރޭ މިންވަރު ވަރަށްވެސް މަދު ކަމަށާއި ބަލި ފެތުރެނީ މުޖުތަމައު ތެރެއިން ކަމަށެވެ.
ނަޒްލާ ވިދާޅުވީ މިއަދުވެސް ސްކޫލެއްގެ އެއް ކްލާހަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ހުރިހާ ކުދިންވެސް ޕޮޒިޓިވްވެފައިވަނީ އޭގެ ތެރެއިން އެއް ކުއްޖެއްގެ ގޭގައި ބޭއްވި ޕާޓީއަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް ހާމައެއް ނުކުރެއެވެ.
"މިއަދު އަޅުގަނޑު ބަލައިލާއިރު، އެއް ސްކޫލެއްގެ އެއް ކްލާހެއްގެ ވަރަށް ގިނަ ކުދިން ޕޮޒިޓިވްވެފައި އެބަތިބި. އެކަމަކު ރަނގަޅަށް ބެލިއިރު މިއީ ކްލާސް ތެރެއަކުން ނޫން، ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން،" ނަޒްލާ ވިދާޅުވިއެވެ.
ނަލްޒާ ވިދާޅުވީ ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި އެންމެ ރަނގަޅަށް ފިޔަވަޅުތައް ތަންފީޒު ކުރެވެމުން އަންނަނީ ސްކޫލުތަކުގައި ކަމަށެވެ. ދަރިވަރުންވެސް އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ބައެއް ސްކޫލުތަކުގައި މާސްކު ނާޅައި އުޅުމުން ބަލި ޖެހިފައިވާ ކަމަށާއި ނަމަވެސް އެއީ ސްކޫލު ބަންދުކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ރަނގަޅު ގޮތަކީ އޮންނަ އުސޫލަށް ރަނގަޅަށް އަމަލު ކުރެމުންދޭތޯ ބަލައި، އެކަންކަން ރަނގަޅު ކުރުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު