އއ. ތޮއްޑޫއިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ތޮއްޑޫ އިން އިއްޔެ މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އެރަށު ޕްރީ ސްކޫލް ޓީޗަރެކެވެ. އަދި އެ ޓީޗަރު ބައެއް ދަރިވަރުންނާވެސް ވަނީ ކޮންޓެކްޓްވެފައެވެ.
ތޮއްޑޫ އިން މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިއަދު ވަނީ ކޮޅުފުށިން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު