ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މުޒާހަރާ ކުރަން ފަށައިފި އެވެ.
މިއަދު މެންދުރު 12:45 އެހާކަންހާއިރު ފެށި އެ މުޒާހަރާގައި އިދިކޮޅުގެ މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައި އިދާރާ އާއި އިންތިހާބާ ބެހޭ މަރުކަޒު ހިމެނޭ މަރުކަޒު ކައިރިއަށް އެއްވެ، އިންތިހާބު އަވަސް ކުރުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ދިޔައީ އެ މުޒާހާރަށް ހުރަސް އަޅަމުންނެވެ.
މުޒާހަރާގައި އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ވެސް ގޮވާލި އެވެ. މުޒާހަރާގައި ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުންނާއި ޕާޓީގެ ސަޕޯޓަރުން ބައިވެރިވި އެވެ.
މި މުޒާހަރާއަށް އިދިކޮޅުން ނުކުތީ، ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ސީދާ ހަރަކާތަށް ނުކުންނަން ފާސްކުރުމަށްފަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު