ގއ. ގެމަނަފުށީ ސްކޫލްގެ ގްރޭޑް 10ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ގެމަނަފުށީ ސްކޫލްގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ސްކޫލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ ދިވެހި ޓީޗަރެއް ކަމަށާއި މައްސަލަ ތަހުގީގުކޮށް އޭނާ އާ މެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ބުނީ މިފަދަ މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް އެފަދަ ވާހަކަތަކެއް ދެކެވޭތީ އެކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ޓީޗަރު މި ވަގުތު ވަޒީފާއަށް ނުކުމޭތޯ ސުވާލު ކުރުމުން ގެމަނަފުށީ ސްކޫލުން އެ ކަމަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު