ސަން ސިޔާމް އިރުވެލި ރިސޯޓުން ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިރުވެލި ރިސޯޓުން ޕޮޒިޓިވްވި ދެމީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުން ޕޮޒިޓިވްވި ދެމީހުން ކަމަށެވެ.
"އިރުވެލި ރިސޯޓުގައި ސިޕްމްޓަމެޓިކް ދެ ސްޓާފެއްގެ ސާމްޕަލް ނަގައިގެން ވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އިރުވެލި ރިސޯޓުގައި އެޗްޕީއޭއިން އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
އިރުވެލި ރިސޯޓުން ދެ މީހަކު ޕޮޒިޓިވްވި އިރު، މިފަހަކަށް އައިސް ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، އޮބްލޫ ސަންގެލި ރިސޯޓާއި ބިޔާދޫ ރިސޯޓާއި އޮޅުވެލި ރިސޯޓުންވެސް ވަނީ ބަޔަކު ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު