އޮބްލޫ ސަންގެލި ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 42 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޮބްލޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 42 އަށް އަރާފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 52 އަށް އަރާ ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް މިދަނީ އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސަންގެލިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ. ސަންގެލިން މިހާރުވެސް ބައެއް ރެންޑަމް ސާމްޕަލް ނަގާފައިވާ އިރު، އެޗްޕީއޭއިން އަންނަނީ އެރަށުގައި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ސަންގެލި ރިސޯޓުން ބަޔަކު ޕޮޒިޓިވްވެފައިވާ އިރު، ސަން ސިޔާމް އޮޅުވެލި ރިސޯޓާއި ބިޔާދޫ އައިލެންޑް ރިސޯޓުގެ އިތުރުން އިރުވެލި ރިސޯޓުންވެސް ވަނީ ބަޔަކު ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު