ސަން ސިޔާމް އޮޅުވެލި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 26 އަށް އަރައިފިއެވެ.
އެ ރިސޯޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓުކުރި މުވައްޒަފުންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޮޅުވެލި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 26 އަށް އަރާފައިވާ ކަމަށެވެ.
"ޖުމްލަ 26 ސްޓާފަކު މިވަނީ ޕޮޒިޓިވްވެފައި. މިވަގުތު 54 ކޮންޓެކްޓުން އެބަތިބި." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް އެ ރިސޯޓުން ވަނީ 160 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ނަގައިފައެވެ.
ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓާއި އޮބްލޫ ސަންގެލީ އަދި އިރުވެލި ރިސޯޓުންވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު