ގއ. ދެއްވަދޫން އިތުރު ނުވަ މީހަކު މިއަދު ޕޮޒިޓިވްވެ، އެރަށުން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދެއްވަދޫން މިއަދު އިތުރު 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު މެންދުރު ކުރީގައި އަށް މީހަކު ޕޮޒިޓިވްވިކަމުގެ ނަތީޖާ ލިބިފައިވާ އިރު، ބާކީ ހުރި ނަތީޖާތައް ލިބިފައިވަނީ މިއަދު ހަވީރެވެ.
ދެއްވަދޫން ފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެރަށު ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމުލަ 39 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 33 މީހުންނާއި ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ހުޅުމާލެއިން އެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި ދެ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ރަނގަޅުވެފައެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެރަށާއި ފޮނަދޫގައި މިހާރު ރެންޑަމް ސާމްޕަލް ނަގަމުން އަންނަ އިރު، ލާމު އަތޮޅުގެ ބައެއް ރަށްރަށާއި ގއ. ވިލިނގިލީގެ އިތުރުން ގދ. ތިނަދޫގައި ރެންޑަމް ސާމްޕަލް ވަރަށް އަވަހަށް ނަގަން ފަށާނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ދެއްވަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، އެރަށުގައި ބަލި ފެތުރެން ދިމާވި ސީދާ ސަބަބު އަދިވެސް ކަމާބެހޭ ފަރާތަކަށް ހޯދިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު