އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެން ޖެންޑާ މިނިސްޓްރީ ކައިރީގައި މިއަދު ކުރި މުޒާހަރާ އިން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ފަރާތުން ޖެންޑާ މިނިސްޓްރީ ކައިރީ މުޒާހަރާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީއަކަށް ޖަވާބު ލިބުން ލަސްވުމާ ގުޅިގެންނެވެ. އަދި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާކަމަށް ބުނެ، އެ މައްސަލަތަކަށް އަވަހަށް އިންސާފު ހޯދައިދިނުމަށް ވަނީ ގޮވާލައިފައެވެ.
އިދިކޮޅު ފަރާތްތަކުން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކޮށްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މުޒާހަރާގެ ވަކި ހިސާބަކުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، މުޒާހަރާގެ ފަސް ބައިވެރިޔަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ ފަސް އަންހެނުންނެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިން ތިބީ، ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އަވަސް ކުރުމަށް ގޮވާލައި، ލިޔެފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. އަދި މުޒާހަރާގެ ބައިވެރިން ދިޔައީ އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ރޭޕް ކޭސްތަކާއި ޖިންސީ ފުރައްސާރައިގެ ކޭސްތައް އަވަހަށް ބަލައި، އިންސާފު ގާއިމުކުރުމަށް ގޮވާލައިފައެވެ. އަދި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު