ޏ. ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ މޫދު އަޑިން ފެނިއްޖެ އެވެ.
ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 12 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 4:50 ހާއިރު އެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ އެ ސަރަހައްދު މޫދު އަޑިން މިއަދު 5:50 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ވަން" އަށް ވިދާޅުވީ، ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު