އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވުމުގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖެއް ކުރަމުން ދަނީ މިއަދު އެ ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތާ ދިމާކޮށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ.
އެ އެއްވުމުގައި އިދިކޮޅު ސަޕޯޓަރުން ދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ޝުއޫރު ފާޅުކުރަމުންނެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެ އެއްވުމުގެ ތެރެއިން ހަ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ތިން މެންބަރުންވެސް ހިމެނެއެވެ.
ފުލުހުން ވަނީ އިދިކޮޅު ސަޕޯޓަރުން ކްރިމިނަލް ކޯޓާ ކައިރިވިޔަ ނުދިނުމަށް އެ ސަރަހައްދު ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު