ކާރެއް ކޮންޓްރޯލް ނުވެ ގޮސް ރައްޔިތުންގެ މަޖިލިސް އިދާރާގެ ފާރަށް އަރައިފި އެވެ.
ފުލުހުން ބުނީ ހަކުރާ ގޯޅިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާރެއްގައި ޖެހިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ވެފައިވަނީ ޓެކްސީއެކެވެ. އެކްސިޑެންޓުގައި މަޖިލިސް އިދާރާއަށް ވަންނަން އިންނަ ދޮރު ކައިރި ފާރުން ބައެއް ހަލާކުވެފައިވާއިރު، ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ނެއްޓިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު