އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އޮޅުވެލި ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވެގެން އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 12:25 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ ޓީމް އެ ރިސޯޓަށް ދިޔަ އިރު، އެ ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެ ރިސޯޓުގެ ހަތަރު ބްލޮކުގެ ތެރެއިން ދެ ރޫމެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު