ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ އޭނާގެ ފޯނާއި ވޮލެޓު ފޭރިގެންފިއެވެ.
ފުލުހުން ބުނީ، އަނިޔާ ލިބުނު ބިދޭސީ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ހަމަލާދީފައިވަނީ ހުޅުމާލެ ރަށު މާރުކޭޓު ސަރަހައްދުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކަށެވެ. މިރޭގެ ވަގުތެއްގައި އެމީހާއަށް ހަމަލާދީފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. އެމީހުން ވަނީ އެ ބިދޭސީ މީހާގެ ފަޔަށް ހަމަލާދީ ފައި ބިންދާލައިފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު