ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ، އައިޖީއެމްއެޗް ހޮސްޕިޓަލުގެ ކެންޓީނު ބަންދުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ހިންގަމުން އަންނަ ކެންޓީން ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން މިއަދު ބަންދުކޮށްފައިވާ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ އެތަން ބަންކުރީ، ކާބޯތަކެތީގެ ޒަރީއާއިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އަމަލުކުރަމުން އަންނަ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ ހިލާފުވުމުން ކަމަށެވެ.
އައިޖީއެމްއެޗްގެ ކެންޓީން ބަންދު ކޮށްފައިވާއިރު އޭޑީކޭ ހޮސްޕިޓަލުގައި ހިންގާ ފުޑް ކޯނާ ރެސްރޯރެންޓްވެސް ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ދާދި ފަހުން ވަނީ ބަންދުކޮށްފަ އެވެ.
މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ބައެއް ރެސްޓޯރެންޓުތަކާއި ކެފޭތައް ބަންދުކޮށްފައެވެ. ހާއްސަކޮށް، ކޮވިޑާ ގުޅިގެން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގައި އެފަދަ ގިނަ ތަންތަން ބަންދުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު